ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި 4،000 ދިވެހީން، އޯޓިޒަމް ހުރި 584 މީހުން
ސަން
22 ޖޫން 2025 | އާދިއްތަ | 3:32
މިދިޔަ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،308 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
އެންސްޕާއިން މިއަދު ހާމަކުރި ހިސާބުތަކުގައިވާ ގޮތުން، އެ ދަފުތަރުގައި އެންމެ ގިނައިން ރަޖިސްޓްރީކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. އެ ބަވާތުގެ ޖުމުލަ 4،091 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
މަލްޓިޕަލް ޑިސްއެބިލިޓީ ހުރި 3،194 މީހުން ތިބިއިރު، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،892 މީހުން އެބަތިއްބެވެ.