65 އަހަރުވުމުން ދޭ އެލަވަންސަށް މިދިޔަ އަހަރު 1.3 ބިލިއަން، ހަތް ޕަސެންޓުގެ އިތުރުވުމެއް

ސަން

22 ޖޫން 2025 | އާދިއްތަ | 4:58

އުމުރުން 65 އަހަރުވުމުން ދައުލަތުން ދޭ އެލަވަންސަށް މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ހަތް ޕަސެންޓުގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ޕެންޝަނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި އަހަރު އަސާސީ ޕެންޝަނަށް ދައުލަތުން ކުރި ހޭދަ ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު އަސާސީ ޕެންޝަނަށް 1.23 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު 1.32 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މައުޟޫޢުތަށް