ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ހާޖީ އެމްވީ"ގެ ނަމުގައި ޚާއްސަ އެޕެއް!

ސަން

22 ޖޫން 2025 | އާދިއްތަ | 5:48

ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ހާޖީ އެމްވީ"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން މިއަދު ޚާއްސަ އެޕެއް ތައާރަފުކޮށްފިއެވެ.

މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ޙަސަންއެވެ.

އެ އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި، ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ކުރިއަށް އޮތް ތަނުގައި ފޯނު އެކަނި ބޭނުންކޮށްގެން ދީނީ ތަފާތު މައުލޫމާތު ހޯދޭނެއެވެ. މިއީ އުމްރާވެރިންނާއި ހައްޖާޖީންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

މައުޟޫޢުތަށް