އިދިކޮޅުގައި ތިބެ ޔޯގާ ހުއްޓުވައި، މިހާރު އެ ދުވަސް ފާހަގަ ކުރުން ބަލައެއް ނުގަނެވޭ: އިލްމުވެރިންގެ ގުޅުން
ސަން
22 ޖޫން 2025 | އާދިއްތަ | 8:35
ދެހާސް ބާވީސްވަނަ އަހަރު ސަރުކާރާ އިދިކޮޅުގައި ތިބި ބައެއް ފަރާތްތަކުން ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ހުއްޓުވުމަށްފަހު، މިއަދު އެ ދުވަސް ފާހަގަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން މިއަދު ބުނެފިއެވެ.
ޖޫން 21، 2022ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހަރަކާތްތަކެއް ބާއްވަނިކޮށް ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގައިފައެވެ.
ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.