ޕީޖީއަށް ނުލިބިވާ ފައިސާގެ ތެރެއިން 6ލައްކަ ރުފިޔާއަކީ އޮފީސް ޚަރަދުގައި ކިޔެވުމަށްފަހު ވަަޒީފާއިން ވަކިވުމުން ދައްކަންޖެހޭ ފައިސާ

ސަން

22 ޖޫން 2025 | އާދިއްތަ | 9:35

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ލިބެންޖެހި، ނުލިބިވާ ފައިސާގެ ގޮތުގައި 2023ވަނަ އަހަރު ނިމުނުއިރު ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށާއި، އޭގެތެރެއިން ބޮޑުބަޔަކީ އެ އޮފީހުގެ ޚަރަދުގައި ކިޔެވުމަށްފަހު ވަޒީފާއިން ވަކިވުމުން އެ އޮފީހަށް އަނބުރާ ދައްކަންޖެހޭ ފައިސާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޕީޖީ އޮފީހުގެ 2022އަދި 2023ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ވަނީ މިއަދު އާންމުކޮށްފައެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި 2023ވަނަ އަހަރު ނިމުނުއިރު، ޕީޖީ އޮފީހަށް ލިބެންޖެހި ނުލިބި 671،908 ރުފިޔާ އެބައޮތެވެ.

މައުޟޫޢުތަށް