އޭލެވެލްއިން ސްކޫލް ނިމޭ ގޮތަށް މި ދައުރުގައި ހަދަނީ
ސަން
22 ޖޫން 2025 | އާދިއްތަ | 11:31
ރާއްޖޭގައި ސްކޫލު ނިމޭ ގްރޭޑަކީ އޭލެވެލްކަމުގައި ހަދައި، އެ ބަދަލު މި ވެރިކަމުގައި ގެންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ އެ ކަމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ހިންގުމަށް ނިންމައިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގެ 23 ސްކޫލެއްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.