އިޒްރޭލާއި އީރާން ހަނގުރާމައިގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުގައި ހާމަކުރަން ގަރާރެއް
ސަން
23 ޖޫން 2025 | ހޯމަ | 12:27
އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކާ ގުޅިގެން އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައި ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ ގަރާރު ހުށަހެޅީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިޒްރޭލުން އީރާނަށްދިން ކުއްލި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތި ހާލަތެއް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއްކަމަށްވާތީ އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައެވެ.