ވިނަރެސް ފުލެޓެއްގެ ގޮދަޑީގައި ރޯވެ ބޮޑު ގެއްލުމެއް

ސަން

23 ޖޫން 2025 | ހޯމަ | 9:42

ގޮދަޑިއެއްގައި އަލިފާން ރޯވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ނުވައެއްގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެމްޑީއެފުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަވަނަ އެޕާޓްމެންޓުން ދުންއަރާކަމުގެ މައުލޫމާތު މިއަދުގެ 7:41 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމުން ހުޅުމާލޭގެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް