މިނިމަމް ވޭޖްގެ ރިވިއު ޑިސެންބަރަށް ނިންމޭނެ، ލަސްވަނީ ކުރީ ސަރުކާރުގައި ރިޕޯޓު ނުހަދާތީ: ހައިދަރު

ސަން

23 ޖޫން 2025 | ހޯމަ | 10:10

މަސައްކަތްތެރިންނަށް އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހު ނިންމާލެވޭނެ ކަމަށާއި، އެ މަސައްކަތް ލަސްވަނީ ނޮވެމްބަރު 08، 2023ގެ ނިޔަލަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު އެކުލަވާލާފައި ނެތުމުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިނިމަމް ވޭޖް ރިވިއުކޮށް، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަނޑައަޅަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި ހައިދަރު ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި 2021 ވަނަ އަހަރުގެ ނޮވެންބަރު އަށްވަނަ ދުވަހު މިނިމަމް ވޭޖެ ތައާރަފުކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައި ނެތް ކަމަށެވެ. އެގޮތުން ނޮވެންބަރު 08، 2023ގެ ނިޔަލަށް އެ މުއްދަތު ހަމަވެފައިވިއިރު މުރާޖައާކޮށްފައި ނެތް ކަމަށާއި، އޭރު އޮތް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު ވެސް ފެންނާން ނެތް ކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް