ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވާތީ ހުރި ކަންބޮޑުވުންތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް

ސަން

23 ޖޫން 2025 | ހޯމަ | 11:01

ސްޓޫޑެންޓް ލޯނުގައި ރާއްޖެއިންބޭރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު އުޒުރުވެރިވެވަޑައިގެންފިއެވެ.

މިނިސްޓަރު ހައިދަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރީ، މިނިމަމް ވޭޖު ރިވިއުކުރުން ލަސްވާތީއާއި، އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އަހަރެއްވިއިރު ވެސް އެކުލަވައިނުލާތީ އެކަންކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.

ސުވާލު ކުރުމަށް ހުޅުވާލި ވަގުތުގައި ބައެއް މެންބަރުން ވަނީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާނުވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.

މައުޟޫޢުތަށް