ބާޒާރުގައި ތަކެތީގެ އަގު މައްޗަށް، ލުނބޯ ކިލޯއެއް 130 ރުފިޔާއަށް
ސަން
23 ޖޫން 2025 | ހޯމަ | 12:46
ބާޒާރުމަތީގައި ތަކެތީގެ އަގުބޮޑުވެ, ލުނބޯ ކިލޯއެއްގެ އަގު 130 ރުފިޔާއަށް އަރައިފިއެވެ.
މި އަހަރު ވެސް ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. ޚާއްސަކޮށް ކާބޯތަކެތީގެ އަގު ބޮޑުވާކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ތަރުކާރީއާއި މޭވާ ވިއްކަންއިން އާދަމް މޫސާ 'ސަން'އަށް ބުނީ، މި ދުވަސްވަރު ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގު ހުރީ "ރަނުގެ އަގުގައި" ކަމަށެވެ.