އިއްޔެ އެކަނި މަޖީދީމަގާއި ބޭރުމަގުން 74 އުޅަނދު ޓޯކޮށްފި

ސަން

23 ޖޫން 2025 | ހޯމަ | 3:37

އިއްޔެ އެކަނި ވެސް މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ 74 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވެރިރަށް މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

'ސަން'އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިއްޔެ މާލޭގެ މަޖީދީ މަގުން 18 ސައިކަލާއި ދެ ބައިސްކަލު ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ. އަދި، ތާރު އަޅާފައި އޮންނަ މާލޭގެ ބޮޑުތަކުރުފާނު މަގުން 54 ސައިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް