ސީޕީ އެދިވަޑައިގަތީ ފުލުހުންގެ ގާބިލުކަން އިތުރުކޮށް، ތަމްރީނުވީ ފުލުހުން މުވައްޒަފުންނަށް މަގުދައްކަން
ސަން
23 ޖޫން 2025 | ހޯމަ | 7:17
ތަމްރީނުވީ ފުލުހުން އެ އިދާރާގެ ގާބިލުކަން އިތުރުކޮށް، އެހެން މުވައްޒަފުންނަށް މަގުދައްކާ ބަޔަކަށް ވުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެދިވަޑައިގެންފިއެވެ.
އިންސްޕެކްޓާ ކޯސް ހަތަރެއް ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ، އެ ކޯހަކީ ފުލުހުންގެ ޚިދުމަތުގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.
އެގޮތުން، މިއީ ފުލުހުންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ކޯހެއްކަން ނަވީން ފާހަގަކުރެއްވިއެވެ.