މިއީ ސްކޭމް ސަރުކާރެއް، މާޒީ ދޫކޮށް ކައުންސިލް އިންތިޚާބުގައި ބަލި ކުރާނަން: ޝާހިދު

ސަން

23 ޖޫން 2025 | ހޯމަ | 10:07

މިއީ "ސްކޭމް ސަރުކާރެއް" ކަމަށާއި، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑުތަނުން މި ސަރުކާރު ބަލިކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން، މަރުހަބާ ކިޔުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. އެ ގޮތުން އާސަންދައާއި ބޯހިޔާވަހިކަމުގައި ވެސް، އަދި ޒުވާނުންނަށް ވެސް މި ސަރުކާރުން އޮޅުވައިލީ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް