ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ގިނަ ފްލައިޓްތަކެއް ޑިލޭވެދާނެ!
ސަން
24 ޖޫން 2025 | އަންގާރަ | 12:41
އީރާނުން މިރޭ ގަތަރަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ގޯސްވެ، ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޑިލޭ ވުމުގެ ކަންބޮޑުވުން ފެންމަތިވެއްޖެއެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައެވެ. މި ހަމަލާގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ތަފުސީލު އަދި އެނގިފައެއް ނުވެއެވެ.
މި ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.