ހަމަލަތަކަށް ދެ ހަފުތާ: ޚަލީލް ވިދާޅުވީ މެދުއިރުމަތީގައި ތިބި ދިވެހީންގެ ހާލު ބަލަމުން އަންނަކަމަށް

ސަން

24 ޖޫން 2025 | އަންގާރަ | 9:27

މެދުއިރުމަތީގައި މިހާރު އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާއިރު، އެ ތަނުގައި ތިބި ދިވެހީންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށް، ހަމަލަތައް ކުރިއަށްދާތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މިވަގުތު އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހި ރައްޔިތުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މައުޟޫޢުތަށް