ހާފިޒުންނަށް ދޭ އިނާޔަތް އަންނަ މަހުން ފެށިގެން 4،000 ރުފިޔާއަށް ބޮޑުކޮށްފި

ސަން

24 ޖޫން 2025 | އަންގާރަ | 4:29

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޘުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށްވުރެ ދެ ގުނަ ބޮޑުކޮށް، ޖުލައި އެކަކުން ފެށިގެން ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ލިބޭ އިނާޔަތް ދެގުނަ ކުރަން ނިންމެވިކަން ރައީސް އިއުލާނުކުރެއްވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިދިޔަ އަހަރުގެ ޖުލައި 16ވަނަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެއާއެކު މިއަދު ރައީސްވަނީ އަންނަ މަހުން ފެށިގެން އިނާޔަތް ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް