އެމްޑީޕީގެ އަހަރީ ދުވަހު ކުޅޭ ފުޓްބޯޅަ މުބާރާތަށް، މާރިޔާ އިސްކޮށް ހުންނަވައިގެން އަންހެނުންގެ ޓީމެއް
ސަން
25 ޖޫން 2025 | ބުދަ | 10:31
އެމްޑީޕީގެ 20ވަނަ އަހަރީ ދުވަހު ކުޅޭ ފުޓުބޯޅަ މުބާރާތަށް، މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ އިސްކޮށް ހުންނަވައިގެން އަންހެނުންގެ ޓީމެއް އެކުލަވައިލައިފިއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރެނީ އަންނަ ބުރާސްފަތި ދުވަހެވެ. "ކައްޓި ހިތްވަރު"ގެ ނަމުން ނަންދީފައިވާ މި ޓީމުން ރޭ ވަނީ މުބާރާތުގެ ޕްރެކްޓިސްތައް ފަށައިފައެވެ.
ތައިސޭ ކޮށީގައި ރޭ ބޭއްވި ޕްރެކްޓިސް މެޗުގެ ކުރިން މާރިޔާ 'އެސްއެސްޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަހަރީ ދުވަސް ފާހަގަކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަސަނުންނާއި ކުރީގެ ރައީސުން ހިމެނޭހެން ފުޓުބޯޅަ މުބާރާތެއް ކުޅުމަށް އެ ޕާޓިން ނިންމިކަމަށެވެ.