ކިތަންމެ ވާދަވެރިވިޔަސް، 2023ގައި ހިނގި ކަމެއް ދެން ނުހިނގާނެ: ފައްޔާޒު

ސަން

25 ޖޫން 2025 | ބުދަ | 1:06

ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރިވި ނަމަވެސް، 2023ގެ ރިޔާސީ އިންތީޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ފަދަ ކަމެއް ދެން ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން 2023ގައި ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާޔާބުވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެ ޕާޓީ ދެބައިވުމެވެ.

އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ޚިޔާލުތަފާތުވެ، ޕާޓީގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ނަޝީދުގެ ފެކްޝަނުން، ޞާލިޙްގެ ފެކްޝަންގެ ބޭފުޅުންނަށް ސީދާ ގޮތެއްގައި އެކި ތުހުމަތުތައް ވެސް ކުރިއެވެ.

މައުޟޫޢުތަށް