ދުނިޔޭގައި ޖެޓް ފިއުލް އެންމެ އަގުބޮޑީ ރާއްޖޭގައި، ޓިކެޓު އަގުހެޔޮ ނުކުރެވެނީ އެހެންވެ: މޯލްޑިވިއަން
ސަން
25 ޖޫން 2025 | ބުދަ | 1:01
ދުނިޔޭގެ ހުރިހާ ގައުމުތަކަށްވުރެ ރާއްޖޭގައި ޖެޓް ފިއުލް އަގުބޮޑު ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި އެތެރޭގެ އުދުހުންތަކުގެ އަގާއި ގުޅޭގޮތުން ސުވާލުކުރުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ހުރިހާ ގައުމަކާ އަޅާބަލާއިރު ރާއްޖޭގައި ޖެޓް ފިއުލްގެ އަގުބޮޑު ކަމަށާއި އޭގެ ދިރާސާއެއް ވެސް މިހާރު ހަދާފައިވާ ކަމަށެެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނިން ޖެޓްފިއުލް ގަންނަމުން އަންނަނީ 19 ރުފިޔާއަށްވުރެ އަގުބޮޑުކޮށް ކަމަށެވެ. އެއީ، ހަމައެކަނި ތެލަށް ބަލާއިރު ވެސް މުޅި ދަތުރު ޚަރަދުގެ 40 ނުވަތަ 50 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ޚަރަދުތައް ހުރި ގޮތުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށް ބަލާއިރު ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން އޭނާ ވަނީ ފަހަގަކުރައްވާފައެވެ.