ޓޫރިސްޓް ޕޮލިހުން ނުކުމެ، ތުލުސްދޫގެ ގެސްޓްހައުސްތަކުގެ ރައްކާތެރިކަން ހުރި މިންވަރު ބަލައިފި

ސަން

25 ޖޫން 2025 | ބުދަ | 2:51

ކ. ތުލުސްދޫގައި ހިންގާ 31 ގެސްޓްހައުސްއެއްގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ފުލުހުން ބަލައިފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުން ހޯމަ ދުވަހަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ތުލުސްދޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ދެނެގަނެ، ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައި ވާނެ ކަމަށެވެ.

އެގޮތުން ޖުމްލަ 31 ފެސިލިޓީ އިންސްޕެކްޓް ކޮށްފައި ވާނެ ކަމަށާއި ޕްރޮގްރާމުގެ ތެރެއިން ތުލުސްދޫ ކައުންސިލާ ބައްދަލުކޮށް ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް