ދިވެހި މުޖުތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކަށް ފާގަތިކަން ލިބޭނީ އިސްލާމީ އުސޫލުގައި ދެމިތިބެގެން: ރައީސް

ސަން

25 ޖޫން 2025 | ބުދަ | 8:17

ދިވެހި މުޖުތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކަށް ފާހަގަތިކަން ލިބޭނީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ހުރިހާ މުސްލިމުންނަށް އަރިސްކުރައްވައި، އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ކޮންމެ މުނާސަބަތެއްގައި ވެސް ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަން ކަމަށެވެ.

އެގޮތުން، ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކުން ނަޖާވުމާއި ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް