ސީމަނުން ފުރައްސާރައިން އެއްކިބާކުރަން މެރިޓައިމް އޮތޯރިޓީތަކުން އިސް ދައުރެއް އަދާކުރަންޖެހޭ: އަމީން
ސަން
26 ޖޫން 2025 | ބުރާސްފަތި | 12:39
ސީމަނުން ފުރައްސާރައިން އެއްކިބާކުރުމަށް ޓަކައި މެރިޓައިމް އޮތޯރިޓީތަކުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސީފެއަރާސް ދުވަހާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ޚިތާބެއްގައެވެ.
މި އަހަރުގެ ސީފެއަރާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މައި ހެރޭސްމަންޓް ފްރީ ޝިޕް" ނުވަތަ "ފުރައްސާރައިން އެއްކިބާވެފައިވާ އަހަރެންގެ އުޅަނދު"އެވެ.