މިދިޔަ އަހަރަށްވުރެ 1000 އިތުރަށް، ކޮންމެ ފަގީރަކަށް 5000 ރުފިޔާ މުދަލު ޒަކާތަށް ދީފި
ސަން
26 ޖޫން 2025 | ބުރާސްފަތި | 11:29
މިދިޔަ އަހަރަށްވުރެ 1000 ރުފިޔާ އިތުރަށް، ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ.
މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 4000 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީއިން ވަނީ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަޤީރުންނަށް, ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވާކަމަށް ބުނެފައެވެ.