އެތައް ހާސް ދިވެހީންނަށް ލަނޑު ލިބުނު ޖެމްކިޔު މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ

ސަން

26 ޖޫން 2025 | ބުރާސްފަތި | 12:47

ސާޅިސް ހާހަށްވުރެ ގިނަ ދިވެހީން އެތައް މިލިއަނަކުން އިންވެސްޓް ކުރި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެންމެ ފުރަތަމަ ޖީއެމްސީއީން ފައިސާ ނުނެގޭ ގޮތް ހެދީ މި މަހުގެ 19 ވަނަ ދުވަހެވެ. އޭރު އެ ސްކީމަށް އިންވެސްޓުކުރި މީހުން ކަންބޮޑުވެ ތިއްބައި ބުނީ ދެ ދުވަހެއްވަރު ތެރޭ 'ރަނގަޅު'ވާނެ ކަމަށާއި ޖެމްކިއުއަށް އިތުބާރުކުރުމަށެވެ.

ނަމަވެސް، އޭގެ ދެ ދުވަސްފަހުން މި މަހުގެ 21 ވަނަ ދުވަހު އެ ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި ހާމަކުރީ އެ ސްކީމް ހުއްޓާލާފައިވާކަމެވެ. އެއާއެކު އެ ސްކީމަށް ބޮޑެތި އަދަދުތަކުން ފައިސާ އިންވެސްޓުކުރި އެތައް މީހުންނަކަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ.

މައުޟޫޢުތަށް