ދާއިމީ ބޮޑެތި ބަލިތައް ހުންނަ ފަގީރުންނަށް ޒަކާތު ފަންޑުން އިންޝުއަރެންސް ދެނީ
ސަން
26 ޖޫން 2025 | ބުރާސްފަތި | 12:32
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ މީހުންގެ ބޭސް ފަރުވާއަށް މި ފެށުނު ހިޖުރީ އާ އަހަރާއެކު އިންޝުއަރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވަނީ މި ކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ފަގީރުންނަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ފުރާނަ ސަލާމަތްކުރުމަށް ޓަކައި ރާއްޖެއިން ބޭރުން ބައެއް ފަހަރު ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ޓަކައި ކަމަށެވެ.