ސަން ސިޔާމް ގުރޫޕުގެ ލޭ ހަދިޔާކުރުމުގެ ފަސްވަނަ ހަރަކާތް ސިޔާމް ވޯލްޑުގައި

ސަން

26 ޖޫން 2025 | ބުރާސްފަތި | 7:56

ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ލޭ ހަދިޔާކުރުމުގެ ފަސްވަނަ ހަރަކާތް ސިޔާމް ވޯލްޑުގައި މިއަދު ބާއްވާއިފިއެވެ.

މިއީ ކޮންމެ އަހަރަކު ވެސް ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތެކެވެ. މި އަހަރު ލޭހަދިޔާކުރުމުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 13ގައި ސަން ސިޔާމް އޮޅުވެލިންނެވެ. އޭގެ ފަހުން، މިދިޔަ މަހުގެ 29ގައި ސަން ސިޔާމް އިރުވެލީގައި ބާއްވައި، ތިންވަނަ ހަރަކާތް މިހަހު އަށެއްގައި ބޭއްވީ އިރުފުށީގައެވެ. އަދި، ހަތަރުވަނަ ހަރަކާތް މިމަހު 19ގައި ބޭއްވީ ސަންސިޔާމް ވިލުރީފްގައެވެ.

މިއަދުގެ ހަރަކާތް ސިޔާމް ވޯލްޑުގައި ފަށާފައި ވަނީ އެކަމަށް ޚާއްސަ ރަސްމިއްޔާތަކުންނެވެ. ކުރު ތައާރަފަކުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ސިޔާމް ވޯލްޑުގެ ޓެލެންޓް އެންޑް ކަލްޗާ ޑިރެކްޓަރު ޖިސެލް އެންސިނާރިއަލްއެވެ.

މައުޟޫޢުތަށް