ދިވެހި ދަރިވަރުން ގިނަ މެލޭޝިއާގައި، ބޭރުގެ ދަރިވަރުންގެ ޓިއުޝަން ފީން ހަ ޕަސެންޓް ޓެކްސް ނަގަނީ
ސަން
26 ޖޫން 2025 | ބުރާސްފަތި | 6:20
ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގައި، ބޭރުގެ ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން ހަ ޕަސެންޓުގެ ސާވިސް ޓެކްސްއެއް ތައާރަފުކުރަން ތައްޔާރުވެއްޖެއެވެ.
މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ބަދަލުތަކެއް ގެނެސް، އަންނަ މަހުގެ އެއް ވަނަ ދުވަހަށްވާ އަންގާރައިން ފެށިގެން އަމަލުކުރަން ވަނީ ނިންމައިފައެވެ.
އެ ބަދަލުގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެ ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ.