ޑުރަގު ކޯޓުގެ 13 އަހަރުގެ ތަފާސްހިސާބު: ފަރުވާ ފުރިހަމަކުރި 18 ޕަސެންޓު މީހުން އަލުން ޑުރަގު ނެގި

ސަން

26 ޖޫން 2025 | ބުރާސްފަތި | 9:43

ފާއިތުވި 13 އަހަރުތެރޭ ޑުރަގު ކޯޓުން ބެލި މައްސަލަތަކަށް ބަލާއިރު، އޭގެ ތެރޭގައި ޑުރަގު ފަރުވާ ފުރިހަމަކުރި 18 ޕަސެންޓު މީހުން އަލުން ޑުރަގު ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ, މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައި ޑުރަގު ކޯޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ކޯޓު އުފެދުނުތާ މިވީ 13 އަހަރުގެ ތެރޭގައި 11،700އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅައިފައެވެ.

އޭގެ 94 ޕަސެންޓަކީ ފިރިހެނުންނާ ގުޅޭ މައްސަލަތަކެވެ. އަންހެނުންގެ މައްސަލަތައް ތިން ޕަސެންޓުގައި ހުރިއިރު، ކުޑަކުދިންނާގުޅޭ ދެ ޕަސެންޓް މައްސަލަ އެ ކޯޓަށް ހުށަހަޅައިފައިވެއެވެ.

މައުޟޫޢުތަށް