ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲގެ ކަށުނަމާދު ޣައިބަށް ކުރަނީ
ސަން
26 ޖޫން 2025 | ބުރާސްފަތި | 9:57
މީގެ ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲ އަބްދުﷲ، 41އ، މައްޗަށް އޭނާގެ އުފަން ރަށް ބ. އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.
ނަސްރުﷲ ގެއްލުނީ ޖަނަވަރީ ދޭއް، 2020ގައި އޭނާ ދަތުރުކުރަމުންދިޔަ ޑިންގީއާއި ލޯންޗެއް ބ. ދޮންފަނު ކައިރިން އެކްސިޑެންޓްވުމުންނެވެ. އެ ހާދިސަގައި ނަސްރުﷲ ގެއްލުނުއިރު އޭނާއާއެކު ޑިންގީގައި ތިބި ތިން މީހުންނާއި ލޯންޗުގައި ތިބި މީހުންނަށް ވެސް ސަލާމަތްވީ ބޮޑެތި އަނިޔާތަކާއެކުގައެވެ.
އެ ހާދިސާގައި އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކާއި ހެލިކޮޕްޓަރުގެ އިތުރުން ޑައިވް ރޮބޮޓް ބޭނުންކޮށްގެން ކުރިއެވެ.