ރައީސް މުއިއްޒުގެ ދައުރުގައި ވެސް ތިލަމާލެ ބުރިޖެއް ނޭޅޭނެ، މިއީ ސްކޭމްތައް: ޔާމީން

ސަން

27 ޖޫން 2025 | ހުކުރު | 12:32

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަސް އަހަރު ތެރޭގައި ވެސް މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމެނޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފެއްޓެވި އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިއަށްގެންދަވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި، ފާޑުވިދާޅުވެފައެވެ. އެގޮތުން ޞާލިޙްގެ ސަރުކާރުގައި ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ދެ މަޝްރޫއަކީ ވެސް ވަރަށް ޚަރަދު ބޮޑު ދެ މަޝްރޫއުކަން ޔާމީން ފާހަގަކުރެއްވިއެވެ. އެގޮތުން ތިލަމާލެ ބުރިޖުގެ އަގު 700 މިލިއަން ޑޮލަރަށް އަރާފައިވާ ކަމާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ލަފާކުރި ވަރަށްވުރެ 160 މިލިއަން ޑޮލަރު ޚަރަދު އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް