ސައުދުﷲގެ ރައްދު އެމްޑީޕީއަށް: 'ތިނަދޫ ކައުންސިލަށް ވަކިގޮތަކަށް އަމަލުކުރަން އަންގާފައެއް ނުވާނެ'
ސަން
27 ޖޫން 2025 | ހުކުރު | 1:16
ތިނަދޫ ސިޓީ ކައުންސިލަށް ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އިދިކޮޅު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، ތިނަދޫގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކުރީ މިދިޔަ ބުދަ ދުވަހެވެ.
އެލްޖީއޭއިން އެ ގޮތަށް އަމަލުކޮށްފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއެއް ފަހުގައެވެ.