ހޯރަފުށީގައި ވެސް އައިޑީ ކާޑު ޕްރިންޓުކުރަން ފަށައިފި

ސަން

27 ޖޫން 2025 | ހުކުރު | 10:04

ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް މިހާރު ފަށައިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން މިއަދު ބުނެފިއެވެ.

ޑީއެންއާރުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ހޯރަފުށީގައި ފެށުމަށް، އެ ރަށު ކައުންސިލާއެކު ސޮއިކުރިކަން ހާމަކޮށްފައެވެ.

ޑީއެންއާރުން ބުނީ ހޯރަފުށީގައި މި ޚިދުމަތް ފެށުމާއެކު މިހާރު ޖުމްލަ 23 ރަށުން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މައުޟޫޢުތަށް