ސަން ސިޔާމް ގްރޫޕުގެ ލޭ ހަދިޔާކުރުން ކާމިޔާބުކަމާއެކު ނިންމާލައިފި، މިދިޔަ އަހަރަށްވުރެ މިއަހަރު ޑޯނަރުން އިތުރު!
ސަން
28 ޖޫން 2025 | ހޮނިހިރު | 5:38
ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތް، ކާމިޔާބުކަމާއެކު މިއަހަރު ވެސް ނިންމާލައިފިއެވެ.
ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހަކީ މެއި އަށްވަނަ ދުވަހެވެ. އެއީ ދުނިޔޭގެ ތެލަސީމިއާ ދުވަސްވެސްމެއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެ ދުވަހާ ގުޅުވައި ސަން ސިޔާމް ގުރޫޕުގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ކޭމްޕުތަކެއް އެ ކުންފުނީގެ ރިސޯޓުތަކުގައާއި، މާލޭގައި ކުރިއަށް ގެންދެއެވެ.
މި އަހަރުގެ މި ހަރަކާތުގައި ލޭ ހަދިޔާކުރުމުގެ ޖުމްލަ ހަ ކޭމްޕެއް ބޭއްވިއިރު، އެންމެ ފަހު ކޭމްޕު މިއަދު ބާއްވާފައި ވަނީ ހުޅުމާލެ، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގައެވެ.