ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަންދޫބު، ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ސަފީރާ ބައްދަލުކުރައްވައިފި
ސަން
28 ޖޫން 2025 | ހޮނިހިރު | 4:16
ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުއާ މާގަރެޓް ސެޓާތުވެއިޓް، ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ސަލްމާ ރަޝީދުގެ އަރިހަށް ޒިޔާރާތްކުރައްވައިފިއެވެ.
ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި، ޝަރުއީ ދާއިރާގެ މިނިވަންކަން ނަގަހައްޓައި، ރެޕެޓުއާ ސެޓާތުވެއިޓްއާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ސަފީރު ޑރ. ސަލްމާ ދެއްވި ކަމަށެވެ.
މާގަރެޓް، ރާއްޖެއިން ޖެނީވާގައި ގާއިމްކޮށްފައި ހުންނަ އޮފީހަށް ޒިޔާރާތްކުރައްވާފައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި މީގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވި ވެސް ފަހުންނެވެ.