އުދައިގެ ސަބަބުން ފުނަދޫގެ ނަރުދަމާ އޮފީހުގެ އެއްބައި މޫދުގައި

ސަން

28 ޖޫން 2025 | ހޮނިހިރު | 6:52

ށ. ފުނަދުއަށް އުދަ އެރުމުގެ ސަބަބުން ރަށުގައި ހުންނަ ނަރުދަމާ އޮފީހަށް ވެސް ރާޅުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިދިޔަ ދެ ދުވަހާއި މިއަދު ވެސް އެ ރަށުގެ ސިނާއީ މަސައްކަތްތައް ކުރާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރަައީސް އަހުމަދު އިބްރާހީމްފުޅުވިދާޅުވިއެވެ. އުދައަރާފައިވާ ސަރަހައްދަކީ ލޮނުމަސް ތައްޔާރުކުުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްގެންދާ ސަހަރައްދެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، 2019އިން ފެށިގެން ދިޔަވަރު ބޮޑުވާ ދުވަސްވަރު އެ ސަރައްދަށް އުދަ އަރައެވެ. ކުރިން އެ ސަރަހައްދަކީ ރަށުގެ ވާ އޮންނަ ސަރަހައްދެވެ. އުދަ އަރައިގެން ލިބޭ ގެއްލުންތައް ބޮޑަށް ފެންނަން ފެށީ އެ ސަރަހައްދުގައި ސިނާއީ މަސައްކަތްތައް ކުރަން ފެށި ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް