ސަރަނގު ޖަރީއާއި ނޮޅިވަރަމް ޑަބްލިއުޑީސީ ގުޅިގެން ފަހާފޮށިން މާޖަހާ ކޯހެއް އެރަށުގައި ކުރިއަށްގެންގޮސްފި
ސަން
29 ޖޫން 2025 | އާދިއްތަ | 12:29
ސަރަނގު ޖަރީއާއި ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ފަހާފޮށިން މާ ޖަހާ ކޯހެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
ސަރަނގު ޖަރީއަކީ އަލްމަރުހޫމާ ސަރަނގު ޝަމީމާ ހިންގަވަމުން ގެންދެވި އިންސްޓިޓުއުޓްއެކެވެ. މިހާރު މި އިންސްޓްޓިއުޓްގެ މަސައްކަތް ކުރައްވަނީ ޝަމީމާގެ ދަރިފުޅު އާމިލާ އާދަމްއެވެ. މި ކޯހުގައި ކިޔަވައިދެއްވީ ވެސް އާމިލާއެވެ.
މި ކޯސް ކުރިއަށް ގެންދިޔައީ މިމަހުގެ 14ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި 22 ދަރިވަރުން ބައިވެރި ވެފައި ވެއެވެ.