ޓްރެފިކް މޮނިޓާކުރަން 3،628 ދަރިވަރުން ތަމްރީނު ކޮށްފި
ސަން
29 ޖޫން 2025 | އާދިއްތަ | 4:37
މިހާތަނަށް 3،628 ދަރިވަރުން ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި ތަމްރީނުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ ޓްރެފިކް މޮނީޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ނަވީން ވިދާޅުވީ އެ ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.