ޕެންޝަން ބޯޑުގެ ޗެއާޕާސަނަކަށް އަނެއްކާ ވެސް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އިނާޒް

ސަން

29 ޖޫން 2025 | އާދިއްތަ | 8:49

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، އެ މަގާމުގައި ކުރިން ވެސް ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހްމަދު އިނާޒް މިއަދު އައްޔަންކުރައްވައިފިއެވެ.

ޑރ. އިނާޒް މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޕެންޝަން އޮފީހުން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައިފައެވެ.

އޭނާ މި މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2022ވަނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ. ދެވަނަ ފަހަރަށް މި މަގާމަށް އޭނާ އައްޔަން ކުރެއްވީ ތިން އަހަރުގެ ފުރަތަމަ ދައުރު ނިމުމުން މިއަދުއެވެ.

މައުޟޫޢުތަށް