ރާއްޖޭގެ ފުރަތަމަ ސްޕީކާސް ރިޓްރީޓް، ތަފާތު މާހައުލަކުން ލިބޭ ތަފާތު ތަޖުރިބާއަކަށް ވާނެ!

ސަން

29 ޖޫން 2025 | އާދިއްތަ | 11:42

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ސްޕީކާސް ރިޓްރީޓް، މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަނާއި ބ. ދަރަވަންދޫ ކައުންސިލުން ގުޅިގެން ދަރަވަންދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ރިޓްރީޓް ބާއްވަން ހަމަޖެހިފައި ވަނީ، އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ. މިފަދަ އެހެން ހަރަކާތްތަކާ މި ހަރަކާތް ތަފާތު ވަނީ، މި ހަރަކާތް ބާއްވަނީ ތިމާވެއްޓާއި ރާއްޖޭގެ ގުދުރަތީ މާހައުލާ ވަރަށް ގާތުންކަމަށް ވާތީއެވެ. އަދި މި އަހަރަކީ ދަރަވަންދޫ އަށް ޒިޔާރަތްކުުރުުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރު ކަމަށްވާތީ އެކަމާ ވެސް ގުޅުވައިގެންނެވެ.

މި ރިޓްރީޓްއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަންގެ ކޯ ފައުންޑާ އަދި ނައިބު ރައީސް ހުސައިން އަފީފް ވިދާޅުވީ، މި ރިޓްރީޓްގައި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. މި ހަރަކާތުގައި 100ވަރަކަށް ބައިވެރިން ބައިވެރިވާނެކަމަށް އޭނާ ލަފާކުރައްވައެވެ.

މައުޟޫޢުތަށް