މަތީ ތައުލީމާއި މަސައްކަތުގެ ހުނަރު ތަރައްގީކުރުން ހިމެނޭ ގޮތަށް، ސިންގަޕޫރާއެކު 3 އެމްޔޫއެއް
ސަން
30 ޖޫން 2025 | ހޯމަ | 4:00
ރާއްޖެއާއި ސިންގަޕޫރު ގުޅިގެން މަތީ ތައުލީމާއި މަސައްކަތުގެ ހުނަރު ތަރައްގީކުރުން ހިމެނޭ ގޮތަށް، ސިންގަޕޫރާއެކު ތިން އެމްޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ، ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.
އެ ދަތުރުފުޅަށް ރައީސާއެކު މަތީ ފަންތީގެ ވަޑައިގެންނެވިއިރު، ތިން މިނިސްޓްރީއަކުން ވަނީ ސިންގަޕޫރާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ އެ ގައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފައެވެ.