ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން: ބީއެމްއެލް
ސަން
30 ޖޫން 2025 | ހޯމަ | 6:03
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހަމަޖައްސައިދޭ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރާއިރު, އެ ކާޑުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ބޭންކުން މިއަދު ވަނީ ނިންމައިފިއެވެ.
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.