ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަކުރަން މެންބަރު ނިޒާރު ވެސް ދެކޮޅު

ސަން

30 ޖޫން 2025 | ހޯމަ | 10:53

އިންޓްގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެގައި ހަލާލް ޓޫރިޒަމަށް ތަރައްގީކުރަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢިލް ނިޒާރު ދެކޮޅު ކަން ހާމަކުރައްވައިފިއެވެ.

ހަންކެޑެ މަޝްރޫއަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫއެކެވެ.

މި ސަރުކާރުން ވެސް ކުރިން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފުތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ.

މައުޟޫޢުތަށް