ކާޑު ލިމިޓް އިތުރުކުމަކީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނަގަން ރޭވި މަކަރުވެރި ރޭވުމެއް: ޝާހިދު
ސަން
30 ޖޫން 2025 | ހޯމަ | 11:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑު ލިމިޓު 500 ޑޮލަރަށް ބޮޑުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި، އެއީ އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވި މަކަރުވެރި ރޭވުމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ސިފަކުރައްވައިފިއެވެ.
ބީއެމްއެލްއިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެ ގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ.
ނަމަވެސް އެ ލުޔާއެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ބައެއް ސައިޓްތައް ކަމަށްވާ, ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބޭންކުން ވަނީ ނިންމައިފައެވެ.