ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިންމައި، މަޝްރޫގެ 60 ޕަސެންޓް ނިންމައިފި
ސަން
1 ޖުލައި 2025 | އަންގާރަ | 9:13
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމި، މަޝްރޫގެ 60 ޕަސެންޓް ނިންމައިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖު ތަރައްގީ ކުރުމުގައި އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކީ ޕައިލްތައް ޖެހުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި 263 ޕައިލް ޖަހައި، އެ މަސައްކަތް އެއްކޮށް ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ އެ މަސައްކަތާއެކު މުޅި މަޝްރޫއުގެ 60.48 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.