ރުކުމާ ތިން ވަނަ ފަހަރަށް ކުންފުނި ބަދަލުކޮށްފި، މި ފަހަރު މޯލްޑިވް ގޭހަށް
ސަން
1 ޖުލައި 2025 | އަންގާރަ | 2:13
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ), ކަމުގެ މަގާމުގައި ހުންނެވި, މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފިއެވެ.
މިއީ މި ސަރުކާރުގައި ރުކުމާ ކުންފުނި ބަދަލު ކުރެއްވި ތިން ވަނަ ފަހަރެވެ. ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ އޭނާ އައްޔަން ކުރެއްވީ ކުނި މެނޭޖު ކުރާ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފައެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުންފުނީގެ ސަޕްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް މި ހަފުތާގެ ތެރޭގައި ރުކުމާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.