ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދެނީ، އިޚުލާސްތެރިކަން ނެތުމުން: ސައުދުﷲ
ސަން
1 ޖުލައި 2025 | އަންގާރަ | 11:24
ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދެނީ އެ ފައިސާ ހޯދުމުގައި މަސައްކަތްކުރާ މީހުންގެ އިޚުލާސްތެރިކަން ނެތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިރޭ ވިދާޅުވެއްޖެއެވެ.
ކޮންމެ ސަރުކާރެއްގައި ވެސް އެކި ސަބަބުތަކާ ހުރެ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން އެތައް ފައިސާއެއް ގެއްލެއެވެ. އަދި، އެ ފައިސާ ހޯދުމަށް އެކި ސަރުކާރުތަކުގައި މަސައްކަތްތައް ކުރެއެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ސައުދުﷲ ވަނީ، ދައުލަތުން ގެއްލިފައި ހުރި ފައިސާއާއި އެ ފައިސާ ހޯދަން ސަރުކާރުތަކުން ކުރާ މަސައްކަތާ ގުޅުވައި ވާހަކަ ވާހަކަދައްކަވާފައެވެ.