މިދިޔަ މަހު އެންސްޕާއިން އަމިއްލަ ދެ ހޮސްޕިޓަލަކަށް 7.42 މިލިއަން ރުފިޔާ ޚަރަދުކުރި
ސަން
1 ޖުލައި 2025 | އަންގާރަ | 11:02
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން، ރާއްޖޭގެ އެންމެ ބޮޑު ދެ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ އާއި ޓްރީޓޮޕުގައި އެޑްމިޓްކޮށްގެން ފަރުވާހޯދި ބަލިމީހުންނަށް މިދިޔަ މެއި މަހު 7.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދެ ހޮސްޕިޓަލުގެ ތެރެއިން ބޭސްފަރުވާގެ ކަންކަމަށް މެއި މަހު އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ، ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ފަރުވާ ހޯދި ބަލިމީހުންނަށް 4.19 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު މި އެހީ ފޯރުކޮށްދީފައި ވަނީ އެނދުމަތިކޮށްގެން ފަރުވާ ހޯދި 334 މީހަކަށެވެ.
ޓްރީޓޮޕް ހޮސްޕިޓަަލުން ފަރުވާހޯދި މީހުންނަށް އެންސްޕާއިން އެހީގެގޮތުގައި ހަމަޖައްސައިދިން ފައިސާގެ ތަފުސީލު: