އެމްއެމްއޭއިން އިސްލާމިކް ފައިނޭންސިންގެ ސްކޮލަޝިޕްތަކެއް ހުޅުވާލައިފި
ސަން
2 ޖުލައި 2025 | ބުދަ | 10:22
މަރުކަޒީ ބޭންކު އެމްއެމްއޭއިން އިސްލާމިކް ފައިނޭންސްއާ ގުޅޭ ސްކޮލަޝިޕްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެމްއެމްއޭއިން އެ ސްކޮލަޝިޕްތަކަށް ހުޅުވައިލާފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިފުތިތާހުކުރި އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުންނެވެ.
އެމްއެމްއޭއިން ބުނީ، އެ ސްކޮލަޝިޕަކީ މިދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.