ކަށީގެ ބަލިތައް ގިނަ، އެންސްޕާ އެހީ އެންމެ ގިނައީ އެކަަމަށް!

ސަން

2 ޖުލައި 2025 | ބުދަ | 9:49

ދިވެހީންގެ ބޭސްފަރުވާގެ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ އެޖެންސީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ވަނީ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ހަމަޖައްސައިދެވުނު އެހީގެ ތަފްސީލު އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު، 22 ބާވަތެއްގެ ބައްޔަކަށް ޖުމްލަ 1،323 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އޭގެ ތެރެއިން އެންމެ ގިނައީ، ކަށީގެ ބަލިތަކުގެ ކޭސްތަކެވެ. އެގޮތުން ކަށީގެ ބަލިތަކުގެ 147 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

މައުޟޫޢުތަށް